ގދ. މަޑަވެލި މަސްޖިދުލް ބަރަކާތު މިސްކިތު ޝީޓުން ފެންލީކުވުން ހުއްޓުވުމަށް ވޯޓަރޕްރޫފް ކެމިކަލް ބޭސްޓް ކޮންކްރީޓް ލޭޔާރއެއް އަޅައިދިނުމުގެ ކޮންޓްރެކްޓްގައި މިއަދު މަޑަވެލި ކައުންސިލާއި ލޫވަރ އިންވެސްޓްމަންޓާއިއެކު ސޮއިކޮށްފިއެވެ. މަޑަވެލި ކައުންސިލްގައި ބޭއްވި މިރަސްމިއްޔާތުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަމީޒް އަޙްމަދުއެވެ. ލޫވަރ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިންވެސްޓްމަންޓްގެ ވެރިޔާ ޖަޢުފަރު ޢަބްދުﷲ އެވެ. މިކޮންޓްރެކްޓްގެ ދަށުން 20 ދުވަހުގެ ތެރޭގައި މިސްކިތު ޝީޓުން ފެންލީކުވުން ހުއްޓުވުމަށް އަޅާ ކޮންކުރީޓް ލޭޔަރ އެޅުމުގެ މަސައްކަތް ނިންމާ ކައުންސިލާއި ޙަވާލު ކުރަންޖެއެވެ. މިމަސައްކަތް ހިނގަމުންދާގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މަޑަވެލި ކައުންސިލް އިދާރާގެ ފަރާތުން ބަލަމުން ގެންދާނެއެވެ. council1