ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަދާކުރުމުގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ހިންގާ ކެމްޕައިންގެ ދަށުން މަޑަވެލީގައި ގާއިމް ކުރެވިފައިވާ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މިއަދު 10:30 ގައި ވަނީ ސޮއިކުރައްވާފައެވެ. މިބައްދަލުވުމުގައި ގިނައަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާއިރު، މިބައްދަލުވުން ބޭއްވިފައިވަނީ މަޑަވެލި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެެވެ.