ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މަޑަވެލީ މަގުތަކުގެ އަޑިގުޑަން ފިލުވުމަށް ޖަމްޢިއްޔާ ގެލެރީއާއި އެކު 29 މާރޗް 2016 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޖަމްޢިއްޔާ ގެލެރީއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން 1200 ބަސްތާވެލި އަޅައި ލެވެލްކުރުމުގެ މަސައްކަތް ކުރަންޖެހެއެވެ. ވެލިއަޅާ ސަރަޙައްދުތަކަކީ ތިންކަޓިޔާ ސަރަޙައްދު ،މަސްޖިދުލް ބަރަކާތުގެ އިރުމަތީމަގާއި އުތުރުމަގު، މަސްޖިދުއްތަޤުވާގެ އުތުރުން ރަށްދެބައިމަގު ކައުންސިލް އިދާރާއާއި މަޑަވެލި ސްކޫލާއި ދެމެދުގައިވާ ބޮޑުމަގެވެ. މިމަސައްކަތް 5 ދުވަހުގެ ތެރޭގައި ނިންމަން އެފަރާތާއި އެއްބަސްވެފައިވެއެވެ. މިމަސައްކަތަކީ ކައުންސިލްގެ 2016 ވަނަ އަހަރުގެ އޮޕަރޭޝަނަލް ޕްލޭނުގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.