ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ ކުޅިވަރު ވަޞީލަތް ތަރައްގީ ކުރުމުގެ ގޮތުން މަޑަވެލީގައި ގާއިމްކުރެވޭ ފުޓްސެލް ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ދާކަރަންގަލާ އިންވެސްވެސްޓުމަންޓާއި މިއަދު 23 މާރޗް 2016 ގައި ޙަވާލުކޮށްފިއެވެ. މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ 491900.00 (ހަތަރުލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ) ރުފިޔާއެވެ. މިމަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މިމަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ ބަޖެޓުން ޚަރަދުކުރާގޮތަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.