ފޭސްބުކް

ޓްވިޓާ

އިޝްތިހާރު ކުރެއްވުމަށް ކައުންސިލްގެ ފޯނު ނަމްބަރު 6840006 އަށް ގުޅުއްވާ. އިޝްތިހާރުތައް ފެންނާނީ ހަމައެކަނި ކޮމްޕިއުޓަރ ބްރައުޒާތަކުން.

ކައުންސިލުގެ ތަޞައްވުރު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 7/2010) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް ހިންގުމަށާއި، ކައުންސިލްގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، މަޑަވެލީގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ކައުންސިލުން ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެބައްދަލުވުންތައް ހިންގުމާއި، އެބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ދިމިޤުރާތީ ގޮތުންނާއި، ޘަގާފީގޮތުން ރައްޔިތުން ބާރުވެރިކޮށް ފުޅާދާއިރާއެއްގައި ޚިދުމަތް ގާތުން ލިބޭނެމަގު އަވަސްކޮށްދީ އަމާން ރައްކާތެރިވެއްޓެއް ރައްޔިތުންނަށް ގާއިމްކުރުމެވެ.

ކައުންސިލުގެ މިޝަން

ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް މަތިކުރެވިފައިވާ އެންމެހާކަންތައްތަކާއި ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއިއެކު، ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލް އިދާރާގެ ދައުރު ހަރުދަނާކުރުމާއިއެކު، މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ ރައްކާތެރި މާޙައުލެއް ގާއިމްކުރުން، މުވައްޒަފުން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކޮށް ތަޢުލީމީގޮތުން ޤާބިލްބަޔަކަށް ހަދައި އިޖްތިމާޢީ ގޮތުންނާއި، އުމްރާނީގޮތުން ދެމެހެއްޓިނިވި ތައްޤީގެ މަޝްރޫޢުތައް ހިންގޭނެބަޔަކަށް ހެދުމާއިއެކު، މަޑަވެލި ކައުންސިލަކީ ނަމޫނާ ކައުންސިލަކަށް ހެދުމެއެވެ.