ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 112 ވަނަ މާއްދާގައިވާ ގޮތަށް، 07 ޖޫން 2017 ވަނަ ދުވަހު ކައުންސިލްގެ 03 ވަނަ ދައުރުގެ 02 ވަނަ އާއްމު ބައްދަލުވުމަށް ރިޔާސަތުން އެކަން އެޖެންޑާކޮށްގެން ތިރީގައިވާ ގޮތަށް ކައުންސިލަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޙަވާލުކުރެވުނެވެ.
ހަމީޒް އަޙްމަދު
މަޤާމު: ކައުންސިލްގެ ރައީސް
ކައުންސިލްގައި އަދާކުރާނެ މަސްއޫލިއްޔަތު:
- އިދާރީ ހިންގުން
- ފައިނޭންސް
- ޕަބްލިކް ރިލޭޝަންސް
އަޒަމް މުޙައްމަދު
މަޤާމު: ކައުންސިލްގެ ނާއިބް ރައީސް
ކައުންސިލްގައި އަދާކުރާނެ މަސްއޫލިއްޔަތު:
- ޔޫތު އެންޑް ސްޕޯޓްސްގެ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ޕަބްލިކް ކޮމްޕްލެއިންސް
- އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާގެ ހުރިހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
- މިސްކިތްތަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިޖްތިމާޢީ ކޮމިޓީގެ އެންމެހައި ކަންތައް މޮނީޓަރކޮށް ބެލެހެއްޓުން
އިބްރާހިމް މުޙައްމަދު
މަޤާމު: ކައުންސިލަރ
ކައުންސިލްގައި އަދާކުރާނެ މަސްއޫލިއްޔަތު:
- މުނިސިޕަލް ޚިދުމަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ގޯތިގެދޮރާއި ގުޅޭ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ޕަބްލިކްހެލްތާއި ގުޅޭ އެންމެހައިކަންތައް މޮނިޓަރކޮށް ބެލެހެއްޓުން
- ޕްރޮޖެކްޓްސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ޕޮލިސްކޭސްތަކުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުން