ކައުންސިލްގައި ވަޒީފާއަދާކުރާ މުވައްޒަފުން

ނަން: ހޫދު މުޙައްމަދު

މަޤާމް: ޑިރެކްޓަރ (ޒިންމާދާރު ވެރިޔާ)

 hood

މަޑަވެލި ކައުންސިލްގެ ޑިރެކްޓަރ (ޒިންމާދާރު ވެރިޔާ)ގެ މަސްއޫލިއްޔަތާއި ޙަވާލުވެ ވަޑައިގަތީ 9 އޮގަސްޓް 2012 ގައެވެ. މަޑަވެލި އޮފީހުގެ ކުޑަކަތީބުގެ މަގާމާއި 03 ފެބްރުއަރީ 2008 ން ފެށިގެން ހަވާލުވުމަށްފަހު ވަޒީފާ މެދުނުކެޑި 01 ފެބްރުއަރީ 2009 ން ފެށިގެން މަޑަވެލި ކައުންސިލުގެ ސީނިއަރ ޕްލޭނިންގ އޮފިސަރގެ މަގާމު ފުރުއްވައި ކައުންސިލްގެ ޑިރެކްޓަރގެ މަގާމަށް ހޮވިވަޑައިގަތެވެ.

ހޫދު މުޙައްމަދަކީ ކުޑަކަތީބުގެ މަގާމާއި ޙަވާލުވުމުގެ ކުރީން އައިލެންޑް އޭވިއޭޝަން ކާޑެއްދޫގައި 01-03-2007 ން 03-02-2008 އާއި ހަމައަށް ސްޓޭޝަން އޮފިސަރއެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަނުގައި 01 ޖޫން 2000 ން ފެށިގެން 03-02-2008 އާއި ހަމައަށް ލޯޑް ކޮންޓްރޯލްގައި ވަޒީފާ އަދާކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަނަށް ބަދަލުވުމުގެ ކުރީން 10 ޑިސެމްބަރ 1998 ން 10-12-1998 އަށް އެއަރމޯލްޑިވްސްގެ ކަސްޓަމަރ ސަރވިސްގައި ވަޒީފާ އަދާކުރެއްވިއެވެ.

ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ޑިޕާރމަންޓް އޮފް ބަޕްލިކް ހެލްތުގެ ޕޯޓްހެލްތް ސެކްޝަންގެ ފީލްޑް އޮފިސަރ ގެ ވަޒީފާގައި 11 އެޕްރީލް 1996 ން ފެށިގެންނެވެ. އެގޮތުން 02-12-1998 އާއި ހަމައަށް ޚިދުމަތުގައި ދެމި ހުންނެވިއެވެ.

ފަށާތަޢުލީމާއި، މެދުމަދުރަސީ އަދި ޘާނަވީ ތަޢުލީމް ޙާސިލު ކުރެއްވީ 08/09/1988 ން 14/01/1996 އަށް މާލޭ އިންގްލިޝް ސްކޫލްއިންނެވެ. އައިލެންޑް އޭވިއޭޝަނުގައި ޚިދުމަތްކުރަމުން އެޑްވާންސްޑް ސެޓްފިކެޓް އައިލެންޑް އެޑްމިނިސްޓްރޭޝަން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން 2006 ގައި ޙާޞިލު ކުރެއްވިއެވެ. ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން 2013 ގައި ފުރިހަމަ ކުރެއްވިއެވެ.

ހޫދު މުޙައްމަދު ކައިވެނިފުޅު ބައްލަވައިގަތީ ގދ.މަޑަވެލި ދީނާރު އަމާނަތު މުޙައްމަދު ވަޙީދުއާއި އެވެ. މިދެކަނބަލުންނަށް 03 ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ، 2 އަންހެން ބޭފުޅުންނާއި ، ފިރިހެން ބޭފުޅެކެވެ.


ނަން: ޙަސަން ހަބީބު

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

 habeeb

އަލްފާޟިލް ޙަސަން ހަބީބު މަޑަވެލި ކައުންސިލް އާއި ގުޅިވަޑައިގަތީ 01 އޭޕްރީލް 1979 ގައި ވަގުތީ ކާތިބުގެ މަޤާމަށެވެ. އޭގެފަހުން 24 ޑިސެމްބަރ 1983 ގައި ކާތިބުކަން ވަނީ ލިބިވަޑައިގެންފައެވެ. 07 ޑިސެމްބަރ 1988ގައި ކުޑަ ކަތީބުގެ މަޤާމަށް ބަދަލުވެފައިވާ އިރު 18 އޮކްޓޫބަރ 1995ގައި ކަތީބު ގްރޭޑް 1 ގެ މަޤާމަށް ބަދަލުވެ 27 ނޮވެމްބަރ 2009ގައި ކަތީބު ގްރޭޑް 2 ގެ މަޤާމަށް ވަނީ ބަދަލުވެފައެވެ. އަދި 01 ފެބްރުއަރީ 2009ގައި އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމަށް ވަނީ ބަދަލުވެފައެވެ. މަޑަވެލި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމުގެ ހައިސިއްޔަތުން ކުރައްވަމުންގެންދަވާ މައިގަނޑު މަސައްކަތަކީ މަޑަވެލި ކައުންސިލްގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން ހިންގުމެވެ.

ޙަސަން ހަބީބު (އެންމެންގެ ހަބީބުބެ) އަކީ މަޑަވެލި ކައުންސިލް (މަޑަވެލި އޮފީސް) ގައި ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ރައްޔިތުންގެ ލޯބިހޯދާފައިވާ މީހުންނާގުޅޭ ތަޖުރިބާ ބޭފުޅެކެވެ.


ނަން: މުޙައްމަދު ރަޝާދު

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

 rashad

އަލްފާޟިލް މުޙައްމަދު ރަޝާދު މަޑަވެލި ކައުންސިލް އާއި ގުޅިވަޑައިގަތީ 02 މާރޗް 1977 ގައި ކުޑަކަތީބުގެ މަޤާމަށެވެ. އޭގެފަހުން 04 ޑިސެމްބަރ 1983ގައި ކަތީބު ކަމުގެ މަޤާމަށް ބަދަލުވެފައިވއެވެ. އެއަށްފަހު އަމިއްލައަށް އެދިގެން 04 އޯގަސްޓް 1996 ގައި ވަޒީފާއިން ވަކިވަޑައި ގަތުމަށްފަހު 29 ޖުލައި 1996ގައި ކުޑަކަތީބު ކަމުގެ މަޤާމް ލިބިވަޑައިގެން މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތެއެވެ. އޭގެފަހުން 01 ފެބްރުއަރީ 2014ގައި ސީނިއަރ އޮފިސަރ ގްރޭޑް 2 މަޤާމަށް ބަދަލުވުމަށްފަހު 16 ޖެނުއަރީ 2014ގައި އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް ވަނީ ބަދަލުވެފައެވެ. މަޑަވެލި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ މަޑަވެލި ކައުންސިލްގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް ހިންގުން، ފައިނޭންސް ކަންކަން އަދި މުވައްޒަފުންނާއި ގުޅުންހުރިކަންކަން (ހިޔުމަންރިސޯސް) ކުރިއަށް ގެންދިއުމެއެވެ.

މުހައްމަދު ރަޝާދު އަކީ މަޑަވެލި ކައުންސިލްގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖްރިބާ ކާރު ބޭފުޅެކެއެވެ. ޚާއްސަކޮށް ފައިނޭންސްގެ މަސައްކަތްތަކަށް ފުންނާބު އުސް ބޭފުޅެއްކަން ފާހަގަކުރެވެއެވެ.


ނަން: އިލްހާމް މުޙައްމަދު

މަޤާމް: ޕްލޭނިންގ އޮފިސަރ

ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

 ilhaam

އަލްފާޟިލް އިލްހާމް މުޙައްމަދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 11 ޖުލައި 2012 ގައި ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށެވެ. އޭގެފަހުން 13 ފެބްރުއަރީ 2013ގައި ޕްލޭނިންގ އޮފިސަރުގެ މަޤާމަށް ވަނީ ބަދަލުވެފައެވެ. އިލްހާމް މުޙައްމަދު އަކީ ސްމޯލް ބިޒްނަސް މެނޭޖްމަންޓް އިން ސެޓްފިކެޓް 4 އަދި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ އަދި އެސޯސިއޭޓް ޑިގްރީ ހާސިލް ކުރުމަށްފަހު ބެޗްލާސް ޑިގްރީއަށް އަށް ކިޔަވަމުންދާ ބޭފުޅެކެވެ.

އިލްހާމް މުޙައްމަދު މަޑަވެލި ކައުންސިލްގެ ޕްލޭނިންގ އޮފިސަރ މަޤާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ ޕްލޭނިންގ ކަންކަންކުރުމާއި ސާރވޭކުރުމައި، ކައުސިރުން ހަދަންޖެހޭ ރިޕޯޓްތައް ތައްރުކުރުމާއި، އިވެންޓްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އައިޑީކާޑް ޔުނިޓް ހިންގުމާއި، އ.ޑިރެކްޓަރ ނުހުންނަ ހާލަތްތަކުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން ވަގުތީގޮތުން ހިންގުމެއެވެ. އަދި މީގެ އިތުރުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މަޑަވެލި ކައުންސިލްގެ އިންފޮމެޝަން އޮފިސަރ ކަމުގެ މަސްއޫލިއްޔަތުގެ ދަނީ އަދާކުރަމުންނެވެ.

އިލްހާ މުޙައްމަދަކީ މަޑަވެލި ކައުންސިލާއި ގުޅިވަޑައި ގަތުމުގެ ކުރިން އަމިއްލަ ކުންފުނުތަކުގައިއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަދުވަހު މަސައްކަތްކުރައްވާފައިވާ ތަޖްތިބާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވާފައިވަނީ ހޯވަރ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޑެސްކް އޮފިސަރ ކަމުގައި މަގާމުގައެވެ، އެއަށްފަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އޮފިސަރ ސެކިއުރިޓީއެއްގެ މަގާމުގައި 9 އަހަރު އުޅުމަށްފަހު އަޕަސައުތު ޔުޓިލިޓީޒް މަޑަވެލި ބުރާންޗުގެ މެނޭޖަރުކަން 02 އަހަރު ދުވަހު ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ރިޖިޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑް މެމްބަރުކަން އަދި ކުންފުނީގެ ސެކްރެޓޭރިއަޓްގެ މަޤާމުވެސް ވަނީ އަދާކުރައްވާފައެވެ.


ނަން: މަރިޔަމް އަބުދުﷲ

މަޤާމް: ސ. އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

 mariyam

އަލްފާޟިލާ މަރިޔަމް އަބުދުﷲ މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 10 މާރޗް 2014ގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ވަގުތީ) މަޤާމުގެ ގޮތުގައެވެ. އެއަށްފަހު 01 ސެޕްޓެމްބަރ 2015ގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމް ވަނީ ލިބިވަޑައިގެންފައެވެ. މަރިޔަމް އަބުދުﷲ ވަނީ ޕޯސްޓް ގުރަޖުއޭޓް އިން އެޑިއުކޭޝަން (އިގިރޭސި)، ބެޗެލާސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ، ބެޗެލާސް އޮފް ފައުންޑޭޝަން ފައުންޑޭޝަން ހައްދަވާފައެވެ.

މަރިޔަމް އަބުދުﷲ މަޑަވެލި ކައުންސިލްގެ ސ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ (ހިއުމަން ރިސޯސް) މުވައްޒަފުންނާ ގުޅުންހުރި ކަންކަންކަމެއެވެ. އަދި މީގެ އިތުރުން ފައިނޭންސް މަސައްކަތެއެވެ.

މަރިޔަމް އަބުދުﷲ މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން ތަޖްރިބާ ހޯއްދެވުމަށްޓަކައި އެޑިއުކެޝަން ދާއިރާގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ސްޓޫޑެންޑް ލައިބުރަރީ އެސިސްޓެންޓް، ސީ.އައި.ޓީ.އެމްގެ އައިޓީ ލެކްޗަރ ކަން ކުރައްވާފައިވެއެވެ. މަރިޔަމް އަބުދުﷲ އަކީ އޮފީހުގެ އެކި ޑިޕާޓްމަންޓްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި ހީވާގި ބޭކަބަލެކެވެ.


ނަން: އަޙްމަދު ފަހީމް

މަޤާމް: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

 AhmedFaheem

އަލްފާޟިލް އަޙްމަދު ފަހީމް މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 07 ޖޫން 2016 ގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ މަޤާމުގެ ގޮތިގައެވެ. އަޙްމަދު ފަހީމް ވަނީ އައި.ޓީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައެވެ.

އަޙްމަދު ފަހީމް މަޑަވެލި ކައުންސިލްގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ މަޤާމުގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ ޕްރޮކިއުމަންޓް މަސައްކަތުގެ އިތުރުން ވިޔަފާރިއާއި ބެހޭ އެންމެހައިކަންކަން ކުރުމާއިއެކު، ފިހާރަތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތެއެވެ. އަދި މީގެ އިތުރުން އޮފީހުގެ އައިޓީއާއި ބެހޭ އެންމެހައި މަސައްކަތް އަޙްމަދު ފަހީމު ދަނީ ކުރައްވަމުންނެވެ.

އަޙްމަދު ފަހީމް އަކީ މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން ބައެއް އަމިއްލަ ކުންފުނި ތަކުގައި އާއި، އަދި ޚާއްސަކޮށް އާއިލީ ވިޔަފާރީގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން ހުޅޭލޭ އައިލޭންޑް ހޮޓަލުގައި ވަނީ މަސައްކަތް ކުރައްވާފައެވެ.


ނަން: މުޙައްމަދު ޢިއްޒަތު

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

ސެކްޝަން: އިކޮނޮމިކް އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

izzath

އަލްފާޟިލް މުޙައްމަދު ޢިއްޒަތު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 20 ފެބްރުއަރީ 2014 ގައި ޕްރޮޖެކްޓް އޮފިސަރ ކަމުގެ މަޤާމުގެ ގޮތުގައެވެ. މުޙައްމަދު ޢިއްޒަތު ވަނީ ޓީޗިންގ ދާއިދާއިން ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ. އަދި މީގެ އިތުރުން 2016ގައި ސީ.އެސް.ޓީ އާއި ގުޅިގެން ހިންގި ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯސް ހައްދަވާފައެވެ.

މުޙައްމަދު ޢިއްޒަތު މަޑަވެލި ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓް އޮފިސަރ މަޤާމުގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ އިދާރާތަކުން މަޑަވެލީގައި ހިންގާ ޕްރޮޖެކްޓްތަކާއި، މަޑަވެލި ކައުންސިލުން ރާވާހިންގާ ޕޮރޮޖެކްޓްތައް ކުރިއަށް ގެންދިއުމާއި، ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ މަސައްކަތެއެވެ.

މުޙައްމަދު ޢިއްޒަތު އަކީ މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން ޓުއަރިޒަމް ދާއިރާގައި އާއި އެޑިއުކޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށް، މަސައްކަތު ތަޖުރިބާ ލިބިފައިވާ ޤާބިލު ބޭފުޅެކެވެ. އެގޮތުން ބަޠަލާ އައިލެންޑް ރިސޯޓް، ފަންއައިލެންޑް ރިސޯޓް، ކްލަބް ރަންނާޅި އަދި މަޑަވެލި ސްކޫލްގެ ޓީޗަރުކަން އަދާކުރައްވާފައިވެއެވެ.


ނަން: ހިޖާޒް ޙުސައިން ވަހީދު

މަޤާމް: ފައިނޭންސް އޮފިސަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

 hijaz

އަލްފާޟިލް ހިޖާޒް ހުސައިން ވަހީދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 01 ސެޕްޓެމްބަރ 2011 ގައި ފިނޭންސް އޮފިސަރ ކަމުގެ މަޤާމުގެ ގޮތުގައެވެ. 22 ޖެނުއަރީ 2013ން ފެށިގެން 24 ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމަށްޓަކައި ވަގުތީގޮތުން ވަޒީފާއިން ވަކިކުރުމަށްފަހު، އެބުރި މަޑަވެލި ކައުންސިލާއި ގުޅިވަދައިގަތީ 04 ޖެނުއަރީ 2015 ގައެވެ. ހިޖާޒް ޙުސައިން ވަޙީދު ވަނީ އެކައުންޓް އެންޑް ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ ހާސިލްކުރައްވާފައެވެ.

ހިޖާޒް ޙުސައިން ވަހީދު މަޑަވެލި ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރެއްގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ އިދާރާގެ ފައިނޭންސް އާއި ގުޅުންހުރި އެންމެހާ ކަންކަން ކުރުމެއެވެ، އެގޮތުން ފައިސާ ބަލައިގަތުމާއި، އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، މުސާރަ ޝީޓް ތައްޔާރުކުރުމުގެ އިތުރުން ފައިނޭންސާއި ގުޅުންހުރި އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހާ އިދާރާތަކަށް ފޮނުވުމެއެވެ.

ހިޖާޒް ޙުސައިން ވަޙީދު މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން ސަރުކާރާއި އަމިއްލަ ކުންފުނި ތަކުގައި މަސައްކަތްކޮށް މަސައްކަތާއި ގުޅޭ ގިނަ ތަޖްރިބާތަކެއް ވަނީ ހާސިލްކުރައްވާފައެވެ. އެގޮތުން ވީލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވިލާ ހެޑްއޮފީސް) ގެ އެސިސްޓެންޓް އެކައުންޓެންޓްކަން،  މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓްގެ ސެކެރެޓަރީ (ރީޖަނަލް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް ފޭސް2(RDP)) ގައި މަސައްކަތް ކުރައްވާފައިވެއެވެ.


ނަން: ޒަމީމާ ވަހީދު

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

zamee

އަލްފާޟިލާ ޒަމީމާ ވަހީދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 21 ސެޕްޓެމްބަރ 2011ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށެވެ. މިމަޤާމުގައި މަސައްކަތްކުރެއެވި މުއްދަތުގައި އެޑްވާންސް ސެޓްފިކެޓް އިން ހިއުމަންރިސޯސް މެނޭޖްމަންޓް ކޯހެއް ފުރިހަމަކޮށްފައި ވެއެވެ. އޭގެފަހުން 17 މާރޗް 2014ން ފެށިގެން ކޯހެއް ފުރިހަމަ ކުރުމަށްޓަކައި ވަގުތީގޮތުން ވަޒީފާއިން ވަކިވުމަށްފަހު އެބުރި މަޑަވެލި ކައުންސިލާއި ގުޅިފައިވަނީ 19 މާރޗް 2017 ގައެވެ. އޭގެފަހުން 26 މާރޗް 2017 ވަނަދުވަހު މުސާރަ ނުލިބޭގޮތަށް ވީއްލުމަށްފަހު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގެންފައިވަނީ 25 ޖޫން 2017ގައެވެ. ޒަމީމާ ވަހީދު ވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ޒަމީމާ ވަހީދު މަޑަވެލި ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ، އޮފީހުގެ އެޑްމިން މަސައްކަތްތަކުގެ އިތުރުން ކައުންސިލްގެ ސެކްރެޓެރިއޭޓް ބެލެހެއްޓުން އެގޮތުން ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ކައުންސިލް ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމެވެ.

ޒަމީމާ ވަހީދު މަޑަވެލި ކައުންސިލަރ ގުޅުމުގެ ކުރިން ސަރުކާރާރުގައި 6 އަހަރާއި 8 މަސްދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްގެ މަޤާމުގައި މަޑަވެލީ ސްކޫލްގައި 15 ޖެނުއަރީ 2006ން 20 ސެޕްޓެމްބަރ 2011އަށް މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ޒަމީމާ ވަހީދުވަނީ އަމްޙާ ޕްރީސްކޫލް (އާމިނަތު ޙަސަން ޕްރީ ސްކޫލް) ގައި 2005 ވަނަ އަހަރު އަދި މުޙައްމަދު އިބްރާހިމް މެމޯރިއަލް ޕްރީ ސްކޫލްގައި 2004 ގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.


ނަން: މުޙައްމަދު އަރީޝް

މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ

ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

areesh

އަލްފާޟިލް މުޙައްމަދު އަރީޝް މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 29 ޖުލައި 2008 ގައި ރަށުއޮފީހުގެ އެހީތެރިޔާ ގްރޭޑް-1 ގެ މަޤާމުގެ ގޮތުގައެވެ. އޭގަފަހުން 01 ފެބްރުއަރީ 2009ގައި އެސިސްޓެންޓް މުނިސިޕަލް ސަރވިސް ގެ މަޤާމަށް ވަނީ ބަދަލުވެފައެވެ. ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މުޙައްމަދު އަރީޝްވަނީ ތަޢުލީމީގޮތުން ކުރިއަށް ދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ފައިނޭންސްގެ ދާއިރާއިން އޭ.އޭ.ޓީ. ލެވެލް-2 (އެމް.ކިއު.އޭ ލެވެލް-(3 އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް ސެޓްފިކެޓް 4، އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އިން ޑިޕްލޮމާ ހަސިލްކުރައްވާފައެވެ. މީގެ އިތުރުން ބެޗްލާސް ފޯރ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީއަށް ދަނީ ކިޔަވަމުންނެވެ.

މުޙައްމަދު އަރީޝް މަޑަވެލި ކައުންސިލް އިދާރާގެ މުނިސިޕަލް ސަރވިސް އޮފިސަރެއްގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ، ގޯތިގެދޮރާއި ބެހޭ މަސައްކަތް ރަޖިސްޓްރީ ހެދާއި އޮޑިދޯނިފަހަރުގެ ސަލާމަތީ ކަންތައްތަކާއި، ރަޖިސްޓްރީގެ ކަންކަން އަދި މީގެ އިތުރުން މުނިސިޕަލް އެންމެހާ މަސައްކަތްތައް ކުރުމެއެވެ.

މުޙައްމަދު އަރީޝް މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން އޭވިއޭޝަން ދާއިރާގައި ވަނީ މަސައްކަތް ކުރައްވާ މަސައްކަތު ތަޖްރިބާ ހާސިލް ކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމެނީގައި ސެކިއުރިޓީ އޮފިސަރ ކަމުގެ މަޤާމުގައި 05 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

މުޙައްމަދު އަރީޝް ފާހަގަ ކުރެވިފައިވަނީ ކައުންސިލް އިދާރާގެ ހުރިހާ ޑިޕާޓްމަންޓެއްގަވެސް މަސައްކަތްކުރެވޭ ތަޢުލީމީ ހިލްމީ ޤާބިލް ބޭފުޅެއްގެ ގޮތުގައެވެ.


ނަން: މުޙައްމަދު ވަޙީދު އަޙްމަދު  

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

 waheed

އަލްފާޟިލް މުޙައްމަދު ވަޙިދު އަޙްމަދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 14 ޑިސެމްބަރ 1991ގައި ޓެލެއޮޕަރޭޓަރ ގްރޭޑް-1ގެ މަޤާމުގެ ގޮތުގައެވެ. އޭގެފަހުން، 05 ޖުލައި 1994ގައި ޓެލެއޮޕަރޭޓަރ ގްރޭޑް-2 ގެ މަޤާމް، 10 މާރޗް 1998ގައި ޓެލެއޮޕަރޭޓަރ 2.1ގެ މަޤާމް، 13 ސެޕްޓެމްބަރ 1998ގައި ޓެލެއޮޕަރޭޓަރ 2.2ގެ މަޤާމް، 01 ނޮވެމްބަރ 1998ގައި ޓެލެއޮޕަރޭޓަރ 3.3ގެ މަޤާމް، 02 އޮގަސްޓް 2004ގައި ޓެލެއޮޕަރޭޓަރ ގްރޭޑް-4، 20 ނޮވެމްބަރ 2008ގައި އެސިސްޓެންޓް ސެކްރެޓަރީ ގްރޭޑް-2 އަދި 01 ފެބްރުއަރީ 2009ގައި އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމަށް ވަނީ ބަދަލުވެފައެވެ.

މުޙައްމަދު ވަޙީދު އަޙްމަދު މަޑަވެލި ކައުންސިލް އިދާރާގެ އ. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މައިގަނޑު މަސައްކަތަކީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުން، ރަށުގެ އާބާދީއަށް އަންނަ އުނިއިތުރު ގެނެސް ބެލެހެއްޓުން، އުފަންދުވަހުގެ ރަޖިސްޓްރީއާއި، ސެޓްފިކެޓް ހެދުން، އެންޓްރީ ބެލެހެއްޓުން، އެކިކަންކަމާއި ގުޅިގެން ހެދިފައިވާ ދަފްތަރުތައް ބެލެހެއްޓުމުގެ އިތުރުން އައިޑީކާޑްގެ މަސައްކަތް ކުރުމެއެވެ.

މުޙައްމަދު ވަޙީދު އަކީ މަޑަވެލި ކައުންސިލްގައި ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ހީވާގި ބޭފުޅެކެއެވެ.


ނަން: ޢަލީ ރަޝީދު

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

ali rasheed

އަލްފާޟިލް ޢަލީ ރަޝީދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 27 ޖޫން 1989ގައި ވަގުތީ ކާތިބު ކަމުގެ މަޤާމުގެ ގޮތުގައެވެ. އޭގެފަހުން 12 ޑިސެމްބަރ 1990ގައި ކާތިބް ކްލާކް ގްރޭޑް-1، 26 ޑިސެމްބަރ 1996ގައި ސީނިއަރ ކްލާކް ގްރޭޑް-4، 22 ނޮވެމްބަރ 2001ގައި އެސިސްޓެންޓް ސެކްރެޓަރީ ގްރޭޑް-1، 25 ޖެނުއަރީ 2006ގައި އެސިސްޓެންޓް ސެކަރަޓަރީ ގްރޭޑް-2، އަދި 01 ފެބްރުއަރީ 2009ގައި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމަށް ވަނީ ބަދަލުވެފައެވެ.

ޢަލީ ރަޝީދު މަޑަވެލި ކައުންސިލް އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ހައިސިއްޔަތުން ކުރައްވާ މައިގަނޑު މަސައްކަތަކީ އިދާރީ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން، އެންޓްރީ ބެލެހެއްޓުން، ލިބުނުފައިސާ، ހިނގިޚަރަދު މިނޫންވެސް ކައުންސިލުން ހިންގުނު ހުރިހާކަމެއްގެ ޔައުމިއްޔާ ލިޔެބެލެހެއްޓުމުގެ އިތުރުން ފައިލްކުރުމުގެ އެންމެހައިކަންކަން ކުރުމެއެވެ.

ޢަލި ރަޝީދު މަޑަވެލި ކައުންސިލާއި ގުޅުމުގެ ކުރިން މޯލްޑިވްސް ކަސްޓަމްސްގެ ކާތިބުކަމުގެ މަޤާމުގައި 05 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ. އަލީ ރަޝީދު އަކީ ގިނަދުވަހު މަޑަވެލި ކައުންސިލްގައި މަސައްކަތް ކުރައްވާފައިވާ ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ބޭފުޅެކެވެ.


ނަން: އަބުދުﷲ މުޙައްމަދު /ޕެރިސް، ގދ. މަޑަވެލި

މަޤާމް: ސަޕޯރޓްސްޓާފް ގްރެޑް-1

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

abdulla

އަލްފާޟިލް އަބުދުﷲ މުޙައްމަދު މަޑަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 08 ސެޕްޓެމްބަރ 1992ގައި މަސައްކަތު ގްރޭޑް-1ގެ މަޤާމުގެ ގޮތުގައެވެ. އޭގެފަހުން 13 މެއި 1997ގައި މަސައްކަތު ގްރޭޑް-2، 15 ޖުލައި 2001ގައި މަސައްކަތު ގްރޭޑް-3، 25 ޖުލައި 2005ގައި މަސައްކަތު ގްރޭޑް-4 އަދި 07 ފެބްރުއަރީ 2009ގައި ސަޕޯރޓް ސްޓާފް ގްރޭޑް-1ގެ މަޤާމަށް ވަނީ ބަދަލުވެފައެވެ.

އަބުދުﷲ މުޙައްމަދު މަޑަވެލި ކައުންސިލްގެ ސަޕޯރޓް ސްޓާފްގެ ކޮގައި ކުރައްވާ މައިގަނޑު މަސައްކަތަކީ، އޮފީސް އިމާރާތާއި ތަކެތި ސާފުކޮށް ބެލެހެއްޓުމާއި އެކިއެކި ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކޮށްދިނުމުގެ އިތުރުން ކައުންސިލުން ރާވާ ހިންގާ އިވެންޓްތަކުގައި އެހީތެރިވެދިނުމެއެވެ.

އަބުދުﷲ މުޙައްމަދު އަކީ ގިނަ ދުވަހު މަޑަވެލި ކައުންސިލްގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވާ ހީވާގި ބޭފުޅެކެވެ.


ނަން: ހަމްދީ މުޙައްމަދު / ރިދަލި، ގދ.މަޑަވެލި

މަޤާމް: ސަޕޯރޓްސްޓާފް ގްރެޑް-1

ސެކްޝަން: ކޯޕަރޭޓް އެފެއަރޒް

hamdhy

އަލްފާޟީލް ހަމްދޫ މުޙައްމަދު މަދަވެލި ކައުންސިލާއި ގުޅިވަޑައިގަތީ 05 ނޮވެމްބަރ 1992ގައި މަސައްކަތު ގްރޭޓް-1ގެ މަޤާމުގެ ގޮތުގައެވެ. އޭގެފަހުން 09 އޮކްޓޫބަރ 1997ގައި މަސައްކަތު ގްރޭޑް-2، 02 އޮކްޓޫބަރ 2002ގައި މަސައްކަތު ގްރޭޑް-3، 07 ފެބްރުއަރީ 2007ގައި މަސައްކަތު ގްރޭޑް-4 އަދި 01 ފެބްރުއަރީ 2009ގައި ސަޕޯރޓް ސްޓާފް ގްރޭޑް-1ގެ މަޤާމްއަށް ވަނީ ބަދަލުވެފައެވެ.

ހަމްދީ މުޙައްމަދު މަޑަވެލި ކައުންސިލްގެ ސަޕޯރޓް ސްޓާފްގެ ކޮގައި ކުރައްވާ މައިގަނޑު މަސައްކަތަކީ، އޮފީސް އިމާރާތާއި ތަކެތި ސާފުކޮށް ބެލެހެއްޓުމާއި އެކިއެކި ފަރާތްތަކާ ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ރައްދުކޮށްދިނުމުގެ އިތުރުން ކައުންސިލުން ރާވާ ހިންގާ އިވެންޓްތަކުގައި އެހީތެރިވެދިނުމެއެވެ.

ހަމްދީ މުޙައްމަދު އަކީ ގިނަ ދުވަހު މަޑަވެލި ކައުންސިލްގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވާ ހީވާގި ބޭފުޅެކެވެ.


ކުރީގެ މުވައްޒަފުން:

ނަން: އަލްމަރުހޫމް މުޙައްމަދު ވަހީދު ޙަސަން

އެޑްރެސް: ދީނާރު / ގދ. މަޑަވެލި

މަޤާމް: ކުޑަކަތީބު

 

އަލްމަރުޙުމް މުޙައްމަދު ވަހީދު ޙަސަން މަޑަވެލި އޮފީހައި ގުޅިވަޑައިގެންފައިވަނީ 25 އޯގަސްޓް 1998ގައި ކުޑަކަތީބު ގްރޭޑް-1 ގެ މަޤާމުގެ ގޮތުގައެވެ. އޭގެފަހުން 04 ޖެނުއަރީ 2005ގައި ކުޑަކަތީބު ގްރޭޑް-2، 16 އޭޕްރީލް 2007ގައި ރާއްޖެތެރޭގެ ޚާއްސަ އެހީތެރިޔާގެ މަޤާމް، 01 ފެބްރުއަރީ 2009ގައި ސީނިއަރ އޮފިސަރ ގްރޭޑް-1 ގެ މަޤާމަށް ވަނީ ބަދަލުވެފައެވެ.

މުޙައްމަދު ވަހީދު ހަސަން މަޑަވެލި އޮފީހުގެ ވަޒީފާއިން ވަކިވަޑައިގެންފައިވަނީ ޞިއްހީހާލަތު ހުރުގޮތން މަސައްކަތްކުރަން ދަތިކަމާއި، ޑޮކްޓަރުގެ ލިޔުންތަކާއި އެކު ވަޒީފާއިން މުސްކުޅި ކުރެއްވުމަށް އެދުމުން 28 ޖުލައި 2009 ގައެވެ. އަލްމަރުހޫމް މުޙައްމަދު ވަހީދު ޙަސަން އަކީ މަޑަވެލިގެ ރައްޔިތުންނަށް އަގުނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މަރުހޫމުގެ މައްޗަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި އާމީން.


މުވައްޒަފުންގެ ޑައިރެކްޓަރީ:

ނަން މަޤާމް ގުޅޭނެ ނަމްބަރު އީމެއިލް އެޑްރެސް
ހަމީޒް އަޙްމަދު ކައުންސިލްގެ ރައީސް 9698877 Hambe7766@live.com
އަޒަމް މުޙައްމަދު ކައުންސިލްގެ ނައިބުރައީސް 9998773 Axams9644@gmail.com
އިބްރާހިމް މުޙައްމަދު ކައުންސިލަރ 9633188 Ibbem7@gmail.com
ހޫދު މޫޙައްމަދު ޑިރެކްޓަރ 7916241 hoodhu@hotmail.com
ޙަސަން ހަބީބު އ. ޑިރެކްޓަރ 7846869
މުޙައްމަދު ރަޝާދު އ. ޑިރެކްޓަރ 9988766
އިލްހާމް މުޙައްމަދު ޕްލޭނިންގ އޮފިސަރ 9935323 ilhaam@zoho.com
މަރިޔަމް އަބުދުﷲ ސ. އެޑްމިނިސްޓްރޭޓިވް އޮފިސަރ 9681224
ހިޖާޒް ހުސައިން ވަހީދު ފައިނެންސް އޮފިސަރ 9717107 hijje.hussein@gmail.com
މުޙައްމަދު އިއްޒަތު ޕްރޮޖެކްޓް އޮފިސަރ 7576767 7576767@gmail.com
އަޙްމަދު ފަހީމް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ 9773666 lecheains@gmail.com
ޒަމީމާ ވަހީދު އެޑްމިނިސްޓްރޭޓިވް އޮފިސަރ 7605008 zameemawaheed@gmail.com
މުޙައްމަދު އަރީޝް މުނިސިޕަލް ސަރވިސް އޮފިސަރ 9691632 areeshofficial@gmail.com
މުޙައްމަދު ވަހީދު އަޙްމަދު އ. އެޑްމިނިސްޓްރޭޓިވް އޮފިސަރ 9862689
އަލީ ރަޝީދު އ. އެޑްމިނިސްޓްރޭޓިވް އޮފިސަރ 7852094
އަބުދުﷲ މުޙައްމަދު ސަޕޯރޓް ސްޓާފް 9875947
ހަމްދީ މުޙައްމަދު ސަޕޯރޓް ސްޓާފް 9881928