މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިފްތިތާހީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ 20 އޭޕްރީލް 2016 ވީ ބުދަ ދުވަހު މަޑަވެލި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިޖަލްސާއަކީ ކުރިއަށްއޮތް 3 އަހަރަށް އިންތިޚާބުކުރެވުނު 05 މެމްބަރުން އިޤުރާރުގައި ސޮއިކުރުމާއި، އަދި ރައީސާއި ނައިބުރައީސް އިންތިޚާބުކުރުމަށް ބޭއްވުނު ޖަލްސާއެވެ.

މިޖަލްސާގައި މެމްބަރުންގެ މެދުގައި ނެގުނު ސިއްރުވޯޓުން  ރައީސާ އާއި ނައިބުރައީސް ވަނީ ހޮވާފައެވެ. އެގޮތުން ރައީސާކަމަށް ހޮވިވަޑައިގެންފައިވަނީ އަލްފާޟިލާ އާސިޔަތު ނަޖީބާއެވެ. ނައިބުރައީސާކަމަށް ހޮވިވަޑައިގެންފައިވަނީ އަލްފާޟިލާ ފާތިމަތު ފަރީދާއެވެ.

މަޑަވެލި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން މިޖަލްސާއަށް ދަޢުވަތު އެރުވިގެން ސަރުކާރު މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވާއިރު، މެމްބަރުންނަށް ހުވާލާދެއްވާފައިވަނީ މަޑަވެލި މަސްޖިދުލް ބަރަކާތުގެ މުދިމް އަލްފާޟިލް އަލީ ޒާހިރުއެވެ. އަދި މިޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންފައިވަނީ މަޑަވެލި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ މަރިޔަމް މުޙައްމަދު އެވެ. މިޖަލްސާގައި ކައުންސިލްގެ ރައީސް އާއި، އ.ތ.މ ކޮމެޓީގެ އަލަށް އިންތިޚާބުކުރެވުނު ރައީސާ ގެ އިތުރުން މަޑަވެލި ކައުންސިލްގެ ޑިރެކްޓަރ އަލްފާޟީލް ހޫދު މުޙައްމަދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ފާއިތުވެދިޔަ ކޮމެޓީގައި އަންހެނުންގެ ތަރައްޤީއަށް މާކަގިނަ ކަންތައްތަކެއް ކުރެވިފައިނުވީނަމަވެސް ކުރިއަށްއަޮތް ދައުރުގައި ކައުންސުލްގެ ފުރިހަމަ އެއްބާރުލުމާއިއެކު ރަނގަޅު ޚިދުމަތްތަކެއް އަންހެނުންގެ ތަރައްޤީއަށް ކުރެވިގެންދާނަެކަމަށް އުންމީދުކުރައްވާކަމަށް ވާނީ ވިދާޅުވެފައެވެ.http://madaveli.gov.mv/wp-content/uploads/2016/04/13001252_10153685382560819_2432579692871508617_n.jpg