މަޑަވެލި ކައުންސިލްގެ ރަސްމީވެބްސައިޓް ހެކުކުރުމާއި ގުޅިގެން އަލުން ވެބްސައިޓެއް ތައްޔާރުކޮށް 27 މާރިޗް 2016 ވީ އާދީއްތަ ދުވަހު 14:00 ގައި މަޑަވެލި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ކައުންސިލްގެ ވެބްސައިޓްް ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށާފައެވެ. މިރަސްމިއްޔާތު އިފްތިތާހުކޮށް ދެއްވާފައިވަނީ މަޑަވެލި ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް އިޝާން އަޙްމަދުއެވެ. މަޑަވެލި ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށް އަޕްލޯޑްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވައިގެން ބިޑް ކާމިޔާބު ކުރައްވާފައިވަނީ އަލްފާޟިލް އަޙްމަދު ފަހީމް،ފިނޮޅު ގދ. މަޑަވެލި އެވެ. ވެބްސައިޓް ހެދުމުގެ މަސައްކަތު އެއްބަސްވުމުގައި މަޑަވެލި ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 17 މާރިޗް 2016 ވީ ބުރާސްފަތި ދުވަހު މެންދުރު 12:26 ގައެވެ.