2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ޒޯންތަކަށް ބަހައިލައިގެން ފެބްރުވަރީ 2018 ގައި ރާއްޖޭގެ އެކިހިސާބުތަކުގައި ދަނީ ކުޅެމުންނެވެ. އެގޮތުން ޒޯން 7 ގދ. އަތޮޅުގެ މެޗުތައް 28 މާރިޗް 2018 ގައި ހޯޑެއްދޫ ފުޓްބޯޅަ ދަނޑުގައި ފަށަން ހަމަޖެހިފައިވާއިރު، މިޒޯންގައި ގައި ބައިވެރިވެފައިވަނީ ގދ. ހޯޑެއްދޫ ޓީމަކާއި، ގދ. މަޑަވެލި ފުޓްބޯޅަ ޓީމެވެ. މަޑަވެލި ހޯޑެއްދޫ ބައްދަލުކުރާ މުރަތަމަ މެޗް މިއަދު 15:45ގައި ފަށާއިރު މަޑަވެލި ޓީމަށް ސަޕޯޓްކުރުމަށް ވީހާވެސްގިނަ ސަޕޯޓަރުން ހޯޑެއްދޫއަށް ދިއުމަކީ މަޑަވެލި ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.